binary option trading malaysia houss fbs thai margin nghĩa là gì การเทรด iq option

މިޝަން އަދި ވިޝަން

ކައުންސިލްގެ މިޝަން

ނެއްލައިދޫއަކީ ތަރައްޤީއަށްހުރި ފުރުޞަތުތައް ގިނަ ރަށަކަށްހެދުމާއި، ޑިމޮކްރަސީގެ އުސޫލުތަކާއި ސުލްޙަމަސަލަސް ކަމަށް ލޯބިކުރާ ކުށްމަދު މުޖުތަމައެއް ބިނާކުރުމެވެ. މީގެ އިތުރުން މާލީ ތަނަވަސްކަމާއި ގެދޮރުގެ ތަނަވަސްކަމަށް މަގުހުޅުވިފައިވާ ރަށަކަށް ހެދުމާއި، އުނގެނުމާއި ބޭސްފަރުވާއަށް ފަސޭހަކަމާއެކު ވާސިލްވުމުގެ މަގު އެންމެންނަށްމެ ތަނަވަސްކޮށްދިނުމުގެ އިތުރުން ކިޔަވާކުދިންނާއި ޒުވާނުންނަށް ހުނަރާއި ޤާބިލުކަން އިތުރު ކުރެވޭނެފަދަ ވެއްޓެއް ހޯދައިދިނުމެވެ. އަދި މީގެ އިތުރުން ތަރައްޤީއާއި ތަހުޒީބުގެ ރޮނގުން މަތިއުތުރު ޕްރޮވިންސްގައި ފާހަގަކޮށްލެވޭ ރަށަކަށް ނެއްލައިދޫ ހެދުމަށް މަސައްކަތް ކުރުމެވެ.

ކައުންސިލްގެ ވިޝަން

ދީނީ، އިޖްތިމާޢީ، ތަޢުލީމީ، ޞިއްޙީ، އިޤްތިޞާދީ، ޘަޤާފީ، އަދި އުމްރާނީ ގޮތުންނާ ތިމާވެށީގެ ގޮތުން، އަދި ތަރައްޤީއަށް ލޯބިކުރާ އެކުވެރި ރަޙުމަތްތެރި، އެކަކު އަނެކަކަށް އަޅާލާ އުފާވެރި ރައްޔިތަކު ދިރިއުޅޭ ރަށެއްކަމުގައި ނެއްލައިދޫ ހެދުން.