ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރައްވައިފި

ނެއްލައިދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައެްދަލުވުން ބާއްވާފައިވަނީ ނެއްލައިދޫ ސްކޫލް ހޯލް އިމާރާތުގައެވެ. މި ބައްދަލުވުމަކީ ނެއްލައިދޫ ކައުންސިލުން ކުރުމަށް ރާވާފައިވާ ކަންތައް ތަކާމެދު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ކައުންސިލުން ބޭއްވި ބައްދަލުވުމުގައި 5 ކަމަކަށް އެޖެންޑާ ކުރެވުނު ނަމަވެސް އޭގެތެރެއިން މަޝްވަރާކުރެވިފައިވަނީ 4 ކަމަކަށެވެ. އެގޮތުން ނެއްލައިދޫގައި މިހާރު ހުރި އިންޖީނުގެ ރިލޮކޭޓް ކުރުން، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުން، “ކައުންސިލް އެހީ” ޕްރޮގްރާމު ހިންގުން އަދި “ދިގު މުއްދަތެއްގައި ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށް އެހީތެރިވާ ފަންޑް” ހެދުމަށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ވަނީ ހިޔާލު ހުށަހެޅުމުގެ ފުރަސތު ރވަނީ ދެއްވާފައެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ބަޖެޓުގައިހިމެނުމަށް ރައްޔިތުން ހުށަހެޅި ކަންކަމަށް ބަޖެޓް ކުރުމަށް އަންދާޒީ ޚަރަދު ރައްޔިތުންނާއި ހިއްސާ ކުރެވިފައި ނުވަނީ އެ މަސައްކަތް ފުރިހަމަ ނުވާތިއެވެ.

ބައްދަލުވުމުގައި އެޖެންޑާ ކުރެވި މަޝްވަރާކުރެވުނު 4 އައިޓަމް ވަނީ އެންމެ ރަނގަޅު ކަމަށް ފެންނަކަމަށް ފާސްވެފައެވެ.ރޭ ބޭއްވުނު ބައްދަލުވުމުގައި، ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޙުސައިން ޒިޔާދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެޖެންޑާ ކުރެވިގެން ދިޔަ ކަންކަމުގައި ވާހަކަފުޅުވެސް ދައްކަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *