ރޯޑް ސޭފްޓީ އާއި ގުޅޭގޮތުން ހދ.ނެއްލައިދޫގައި ހިނގާލުމެއް ބާއްވައިފި

 

މުޅި ރާއްޖޭގައި އެއްވަގުތެއްގައި ރޯޑް ސޭފްޓީ އާއި ގުޅޭގޮތުން ހިނގާލުމެއް  މިއަދު ހަވީރު 16:30 ގައި ވަނީ ބާއްވާފައެވެ. އެގޮތުން ހދ.ނެއްލައިދޫ ސިއްޙީމަރުކަޒުން އިންތިޒާމްކޮށްގެން ނެއްލައިދޫގައި ބޭއްވި މި ހިނގާލުމުގައި ރަށުގެ ހުރިހާ މުވައްސަސާތަކުންނާއި ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިހިނގާލުމުގެ މައިގަނޑު މަޤްސަދަކީ، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި މިހިނގާލުމުގައި ބައިވެރިވި އެންމެހާ ބައިވެރިންނަށް ނެއްލައިދޫ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް ޙުސައިން ރިޔާޟް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

default
default

 

 

Leave a Reply

Your email address will not be published. Required fields are marked *