ރަސްމީ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމުގެ މަސައްކަތް ފަށަނީ

ނެއްލައިދޫ ރަސްމީ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިއަދު ނެއްލައިދޫ އަށް ވަނީ ގެނެސްފައެވެ. އެގޮތުން ސަބް ބޭސް އެޅުމަށް ބޭނުންވާ ހިލަ، ހިލަވެލި އަދި ބައެއް ވެހިކަލް ވަނީ ގެނެސްފައެވެ. މި މަސައްކަތް ކުރަމުންދަނީ ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑްއިންނެވެ. ސަބްބޭސް އެޅުމުގެ މަސައްކަތް  2019 ޑިސެމްބަރ 01 ވީ އާދީއްތަ ދުވަހުން ފެށިގެން 01 މަސްދުވަސްތެރޭގައި މަސައްކަތް ނިންމުމަށް ސައިޓު ވަނީ ހަވާލުކުރެވިފައެވެ.

ރަސްމީ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމުގެ މަސައްކަތް ކުރެވެމުންދަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *