ނެއްލައިދޫގައި ކުނި މެނޭޖު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ނެއްލައިދޫގައި ކުނި މެނޭޖު ކުރުމުގެ އަމަލީ މަސައްކަތުގެ ތެރެއިން، ގޭގެއިން އުކާލެވޭ ކުނި ކައުންސިލުން އުކާލުމުގެ މަސައްކަތް ފަށައިފިއެވެ.

ނެއްލައިދޫ އަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުޞޫލެއްގެ ތެރެއިން ތިމާވެއްޓާއި ރަހުމަތްތެރި ގޮތަކަށް ކުނި މެނޭޖުކުރަމުންދާ އަދި ކުނީގެ މައްސަލަތައް ހައްލުކުރެވިފައިވާ ރަށަކަށް ހެދުމުގެ މަޤުސަދުގައި ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް ކައުންސިލުން ފޯރުކޮށްދިނުމަށް ފަށާފައިވަނީ 2019 ޑިސެމްބަރ 01 ވީ ހޯމަ ދުވަހުއެވެ.
ކުނި އުކާލުމުގެ މަސައްކަތުގައި ޖުމުލަ ތިން މުވައްޒަފުން ހަރަކާތްތެރިވަމުން އަންނައިރު، ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން ކުނި އުކާލުމަށް ކައުންސިލުގައި ރަޖިސްޓްރީ ވެފައިވާ ގޭތަކުން ކުނި ނަގަމުން ދާނެއެވެ. މި މަސައްކަތް ފެށިއިރު ރަޖިސްޓްރީވެފައިވަނި ޖުމުލަ 19 ގެއަކުންނެވެ. ނަމަވެސް މިހާތަނަށް 50 އަށްވުރެ ގިނަ ގޭބިސީ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

ކައުންސިލުން ކުނި އުކާލުމުގެ މަސައްކަތް ކުރުމަށް ޤަވާއިދުތަކާއި އުސޫލެއް ވަނީ ހެދިފައެވެ. އަދި ކުނި އުކާލުމަށް ފީތަކެއް ނެގުމަށް ކައުންސިލުން ވަނީ ކަނޑައަޅައި ފާސްކޮށްފައެވެ.

ގޭގެއިން ކުނި އުކާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ގެންދިއުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ކައުންސިލުން ޝުކުރު ދަންނަވަމެވެ.

Leave a Reply

Your email address will not be published. Required fields are marked *