ނެއްލައިދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ލޯންޗް ކޮށްފި

ނެއްލައިދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ލޯންޗް ކޮށްފިއެވެ. ނެއްލައިދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ލޯންޗް ކޮށްފައިވަނީ މިއަދު(19 ނޮވެމްބަރ 2019) މެންދުރުފަހު ނެއްލައިދޫ ކައުންސިލްގައި އެކަމަށް ޙާއްސަ ކޮށް ބޭއްވުނު ބައްދަލުވުމެއްގައެވެ.

ވެބްސައީޓް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލުން ނިންމާ ނިންމުންތަކާއި ، ޢިއުލާންތައް އަދި ކައުންސިލުން ދޭ ހިދުމަތްތަކުގެ އިތުރުން ކައުންސިލުން ހިންގާ ހަރަކާތްތައް ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަހެންހުރުމެވެ.

ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދިނުމުގެ މަސައްކަތް ކޮށްދީފައިވަނީ އަޙްމަދު އާދިލް ހުވަނދުމާ، ހދ ނެއްލައިދޫއަދި އަޙްމަދު އިޙްސާން ބުލޫހައުސް، ހދ ނެއްލައިދޫއެވެ. މިމަސައްކަތް އެއްވެސް އަގަކާއި ނުލާ ކޮށްދީފައިވާތީ އެކަމުގެ އަގު ވަޒަންކޮށް މިދެފަރާތައް ކައުންސިލުން ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *